ރާއްޖެ އިގްތިސާދީ ސުނާމީ އަކާއި ދިމާލަށް؟

މި ގައުމުގެ އިގްތިސާދީ ހާލަތު މިވަގުތު އޮތީ ވަރަށް ކަންބޮޑު ހާލެތެއްގައި ކަމަށް މަރުކަޒީ އިދާރާގެ ގަވަރުނަރު ވަނީ ވިދާޅުވެފައެވެ. ޑރ. ފަޒީލް ނަޖީބު ވިދާޅުވީ އިގްތިސާދީ ގޮތުން މިހާ ދަތި ހާލަތެއް އަދި ރާއްޖެ އަށް ކުރިމަތު ނުވާ ކަމަށެވެ. މިއީ ވަރަށް ވަރުގަދަ އިންޒާރެކެވެ. އިގްތިސާދީ ފަރާތްތަކާއި ވިޔަފާރިވެރިންގެ އިތުރުން އެއްމެހާ ދިވެހި ރައްޔިތުން ވިސްނަންޖެހޭ ކަމެކެވެ. ފަޒީލް ވިދާޅުވީ ގައުމީ އުފެންދުންތެރިކަމުގެ 63 ޕަސެންޓް ދައުލަތުގެ ޚަރުގެ ގޮތުގައި ކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން ބަޖެޓްގެ ޑެފިސިޓް ދަނީ ބޮޑު ވަމުންނެވެ. އެއްމެ ހަތް ބިލިއަން ލިބޭނެ ކަމަށް ލަފާކުރެވޭ އިރު ޚަރަދުވާނެ ކަމަށް 13 ބިލިއަން ލަފާކުރެވެއެވެ. މިއީ ވަރަށް އާދައިގެ އިގްތިސާދީ ސުވާލެކެވެ. ނުލިބޭ މިންވަރުން އަބަދު ޚަރަދު ކުރާނީ ކިހިނެއް ހެއްޔެވެ. Continue reading

Posted in Business | Tagged , , , | Leave a comment

ޕަބްލިކް ކުންފުނިތައް ޒިންމާދާރުކުރުވުން މުހިއްމު

ޕަބްލިކް ކުންފުނިތަކަކީ އާއްމުންނަށް ހިއްސާ ވިއްކައިގެން ވޮޔަފާރި ހިންގާ ކުންފުނިތަކެކެވެ. ރާއްޖޭގައި ޕަބްލިކް ކުންފުނިތައް އުފެއްދި އެއްމެ ބޮޑު އެއް މަގުސަދަކީ ވެސް ވިޔަފާރީގައި ރައްޔިތުންގެ ހިއްސާ ފުޅާކުރުމެވެ. މިސާލެއްގެ ގޮތުން އެމްޓީޑީސީ އުފެއްދި ފަތުރުވެރިކަމުން ލިބޭ ނަފާ ރައްޔިތުންނަށް ވީހާވެސް ބޮޑަށް ހިއްސާ ކުރުމުގެ ބޭނުމުގައެވެ. އެހެން ނަމަވެސް މި ކުންފުނިތަކުގެ އަސްލު މަގުސަދު ހާސިލްވޭތޯ މިއީ ސުވާލެކެވެ. Continue reading

Posted in Business | Leave a comment

Maldives open for Business – Are we open for corruption

The British High Commissioner to Sri Lanka and the Maldives John Rankin has said that corruption is disincentive to businesses and in particular corruption is a disincentive to FDI (Foreign Direct Investment). He made the comments in his first video of “ask the high commissioner series” where he answers the questions from public. The question was about corruption in Maldives.

So your question would be what our rank is when it comes to corruption index.
Transparency international’s 2010 corruption perception index ranks the Maldives at 143. This is surprising if not alarming as Maldives is even below Zimbabwe in this index. Continue reading

Posted in Business | Leave a comment

ރާއްޖޭގައި މުސާރ ތަފާތުކުރުންތައް އިތުރުވަނީ.

މުސާރައަކީ ކުރެވޭ މަސައްކަތަށް ދެވޭ އުޖޫރައަކެވެ. ސީނިއަރ މުވައްޒަފުން ނަށް އަބަދުވެސް އެހެން މުވައްޒަފުންނަށް ވުރެ މުސާރަ ބޮޑެވެ. އާއްމު ވިސްނުމަކުން ވިސްނާއިރު މިއީ މައްސަލައެއް ނޫނެވެ. ދުނިޔޭގެ ހުރިހާ ތަނަކަށް ބެލިޔަސް މިކަން އޮތީ މިގޮތަށެވެ.
އެހެންނަމަވެސް ސީނިއަރ މުވައްޒަފުންނަށް ދޭ މުސާރައާއި އެހެނިހެން އިނާޔަތްތައް އަބަދުވެސް އެހެން މުވައްޒަފުންނަށް ވުރެ ބޮޑު މައްސަލައަކީ ޒަމާންވީ ބަހުސްއެކެވެ. ރާއްޖޭގައި މިކަންތައް މިހާރު ގޯހުން ގޯހަށް ދާކަމުގެ ނިޝާންތައް ދަނީ ފެންނަމުންނެވެ. އަމިއްލަ ބައެއް ކުންފުނިތަކުގެ މުވައްޒަފުން މިހާރު އެއްމެ އާއްމުކޮށް ކުރާ ޝަކުވާއަކީ ބޮޑެތި މީހުން ނުވަ މަތީ މީހުންގެ މުސާރަ ބޮޑުކޮށް އިތުރުކުރަމުންދާއިރު ތިރީގަ ތިބޭ އާދައިގެ މުވައްޒަފުންގެ މުސާރަ ކުޑަ ވާހަކައެވެ.

 
ރާއްޖެއަށް އިގްތިސާދީ ޚާއްސަ ހާލަތެއް ދިމާވެފައިވާކަމަށް ސަރުކާރުން ދަނީ ތަކުރާރުކޮށް ބުނަމުންނެވެ. މި ޚާއްސަ ހާލަތުގައި މާލީ ދަތިކަމުގެ ސަބަބުން އެއްމެ ގިނައިން “ގުރުބާން” ކުރެވެނީ ތިރީގައި ތިބޭ މީހުންގެ މުސާރައެވެ. އެއްމެ ގިނައިން ވަޒީފާއިން ވަކިވާން ޖެހެނީ މިފަދަ މީހުންނަށެވެ. Continue reading

Posted in Business | 2 Comments

ޗެކްތައް ބައުންސްވާ މައްސަލައަށް ހައްލެއް އައީބާ؟

ޗެކްތައް ބައުންސްވާ މައްސަލައަކީ ރާއްޖޭގައި އާއްމު މައްސަލައެއް. މި މައްސަލަ ބޮޑުވެ ވިޔަފާރީގައި އުޅޭ ވަރަށް ގިނަ ފަރާތްތަކުންވަނީ ޗެކް ގަބޫލުކުރުންވެސް ހުއްޓާލާފައި. އެހެންކަމުން ބޮޑެތި ޕޭމެންޓްތައް ހަދާ ފަރާތްތަކަށް ގިނަ އަދަދެއްގެ ފައިސާ އެއްތަނުން އެނެއްތަނައް ގެންދަންޖެހުން އިތުރުވެގެންދިޔަ. ވައްކަމާއި ފޭރުން ގިނަވެފައިވާ މި ދަނޑިވަޅުގައި މިއީ ވަރަށް ނުރައްކާތެރިކަމެއް. އެހެނަސް ގިނަ ފަރާތްތަކުން ޗެކް ގަބޫލުނުކުރާތީ މިކަމަށް އިތުރު ގޮތެއްނެތް.
އެހެންނަމަވެސް މަޖިލީހުން މިހާރު ވަނީ އެކައުންޓްގައި ފައިސާނެތި ޗެކް ދޫކުރުން ހުއްޓުވުމުގެ ބިލް މަޖިލީހުން ފާސްކޮށްފައި. މި ބިލުގައިވާ ގޮތުން އެކައުންޓްގައި ފައިސާނެތި ޗެކް ދުކުރުމަކީ އެއީ ގާނޫނީ ކުށެއް. އަދި ކުށް ކޮށްފިނަމަ ޖޫރިމަނާވެސް ކުރެވޭ. އެގޮތުން އެދޫކުރި ޗެކްގެ ދެގުނައަށްވާ އަދަދު ފަންސާސް ހާސް ރުފިޔާއަށްވުރެ ދަށް ނަމަ އެޗެކުގެ އަދަދުގެ ދެގުނައަށްވާ ފައިސާއިން ޖޫރިމަނާކުރެވޭ. އަދި އެދޫކުރި ޗެކްގެ ދެގުނައަށްވާ ފައިސާ ފަންސާސް ހާސްރުފިޔާއަށްވުރެ މަތިނަމަ ފަންސާސް ހާސް ރުފިޔާއިން ޖޫރިމަނާކުރެވޭ.
އެހެންކަމުން ޗެކް ބައުންސްވުމަށް މިކަމުން ކޮންމެވެސް ވަރެއްގެ ހައްލެއް އަންނާނެ ކަަމަށް ލަފާކުރެވޭ. އެހެނަސް މީގަ ވިސްނާލަންވީ ކަމަކީ އަމިއްލައަށް ތެދުވެރިވުން. ތިމާގެ އެކައުންޓްގައި ފައިސާނެތި ޗެކް ދޭ އިރު ތިމާ އެކަމަށް ވިސްނާލުން. ކޮންމެ ވިޔަފާރިވެރިއެއް ކޮންމެ ކުންފުންޏެއް މިއުސޫލުން މަސައްކަތްކޮށްފިނަމަ މިކަހަލަ ގާނޫނުތަކަކަށް ބޭނުމެއް ނުވާނެ.

Posted in Uncategorized | Leave a comment

ޑޮލަރު ކިއުއާއި އަޅުގަނޑު

ފަތިހުގެ އަރާމު ނިދިން އަހަރެން ހޭލައްވާލީ ބައްޕަ އަހަންނަށް ގޮވާލުމުންނެވެ. “ދަރިފުޅޭ، އަވަހަށް ހޭލާ، ބައްޕަ މި ދަނީ ޑޮލަރު ކިއުއަށް، ދަރިފުޅުވެސް ފަތިސްނަމާދުކޮށްލައިގެން އަވަހަށް އާދޭ.” ދެލޯއުގުޅާލަމުން، މޯޅިއަކަށް ދެމިލުމަށްފަހު ގަޑި ބަލާލީމެވެ. ފަތިހު ފަސްގަޑި ބައިވީ ކިރިޔާއެވެ. ފާޚާނާއަށްވަދެ ވުޞޫކޮށްގެން، ނަމާދުކޮށްގެން ބޭންކް އޮފް މޯލްޑިވްސްގެ ބާޒާރު ބްރާންޗް ކައިރީގައި އޮންނަ ޑޮލަރު ކިއުއަށް ދިއުމަށް ހިނގައިގަތީމެވެ. ފަތިހުގެ ފިނި ރޯޅިން ޖައްވު ވަނީ ފިނިކޮށްފައެވެ. ކާރޫބާރު ބޮޑު މާލޭގެ މަޖީދީ މަގުން ފެންނަނީ ހުސްކަމާއި އަމާންކަމެވެ. ފަތިހުގެ ފިނިރޯޅި ގައިގައި ޖެހުމުން ނިންޖަށް އިތުރަށް ދަހިވެތިވިއެވެ. އެހެނަސް އަރާމު ނިދި ގުރުބާންކޮށްލަށް މިއަދު މަޖުބޫރެވެ. އާއިލާ ދިރިއުޅެނީ ލަންކާގައި ކަމުން އެމީހުންނަށް ފޮނުވާނެ ޑޮލަރު ހޯދުމަކީ ބައްޕައާއި އަހަރެންގެ ޒިންމާއެކެވެ.

ޑޮަލަރުކިއުއަށް ދިޔައިރު ބައްޕަ ހުރީ ކިއުގެ ނަވާރަވަނަ އަށެވެ. ފަސްގަނޑި ބައިގަ އައިމަވެސް ބައްޕަ ލައްވާލީ ކިރިޔާއެވެ. އެކިއުއަށް ދޫކުރަނީ ވިހި ނަންބަރެވެ. ބައްޕަ ބާޒާރަށް ދާންޖެހޭތީ އަހަރަމެން ނިންމީ ބައްޕަގެ ޖާގައިގައި އަހަރެން މަޑުކޮށްލުމަށެވެ. ބައްޕަގެ އެދުމުގެ މަތިން ކައިރި ހޮޓަލަކުން ނާސްތާކުުރުމަށްފަހު އަހަރެން ބައްޕަގެ ޖާގައިގައި މަޑުކޮށްލީމެވެ. ފަސްގަޑި ބައިވިތަނާ ހެން ކިއުގެ ޖާގަތައް ހަމަވިކަން ކިއުގައި ތިބި މީހުންނާއި ސުވާލުކުރުމުން އެނގުނެވެ. Continue reading

Posted in Business | Tagged , , | Leave a comment

ކޮންމެ ޑޮލަރެއްގެ ފަހަތުގައި ފުލުހަކު ބަހައްޓައިގެން ޑޮލަރުގެ މައްސަލަ ހައްލުވެދާނެތަ؟

ކޮންމެ ޑޮލަރެއްގެ ފަހަތުގައި ފުލުހަކު ބަހައްޓައިގެން ނަމަވެސް ޑޮލަރުގެ ތާށިކަން ހައްލުކުރައްވާނެ ކަމަށް ރައީސުލްޖުމުހޫރިއްޔާ ވަނީ އެމްޑީޕީ ޖަލްސާއެއްގައި ވިދާޅުވެފައެވެ. ރައީސުލްޖުމުހޫރިއްޔާ ވަނީ ރާއްޖޭގެ ރައްޔިތުންނަށް ބޭނުންވާ މިންވަރަށް ޑޮލަރު މި ރާއްޖެއަށް ވަންނަ ކަމަށް ވިދާޅުވެފައެވެ. ދިވެހި ފުލުހުން މިހާރު ވަނީ ޑޮލަރުގެ ކަޅުބާޒާރު ހުއްޓުވުމަށް ޚާއްސަ އޮޕަރޭޝަނެއް ފަށާފައެވެ. މި ގޮތުން ބައެއް ތަންތަން ޗެކްކޮށް ބައެއް ފަރާތްތަކާއި ފުލުހުން ދަނީ ސުވާލުކުރަމުންނެވެ. ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެމްއެމްއޭ އިން ގަވައިދާ ޚިލާފުވާ ފަރާތްތަކާއި ދޭތެރޭ ފިޔަވަޅު ނާޅާކަމަށެވެ. ރައީސް ނަޝީދު ވަނީ ގަވަރނަރު ފަޒީލް ނަޖީބު މަގާމުން ވަކި ކުރެއްވުމަށްޓަކައި މަޖިލީހަށް ހުށަހަޅުއްވާފައެވެ. ޑޮލަރުގެ މައްސަލާގައި ފެންނަނީ އެއްބަޔަކު އަނެއް ބަޔެއްގެ ބޮލުގައި ތުހުމަތު އަޅުވަމުންދާ މަންޒަރެވެ. އެއްބަޔަކު ދަނީ އަނެއް ބަޔަކު ކުށްވެރިކުރަމުންނެވެ.

މިކަންތައްތަކުން ދޭހަވާ ގޮތުގައި ޑޮލަރުގެ މައްސަލަ މިއަދު މިވަނީ ބޮޑު ގައުމީ މައްސަލައަކަށް ވެފައެވެ. މިއީ އެއްމެ ގަބޫލުކުރާނެ ހަގީގަތެކެވެ. އެހެނަސް ސުވާލަކީ މިކަމަށް ހައްލު އަންނާނީ ކިހިނެއް ބާވައެވެ. ކޮންމެ ޑޮލަރެއްގެ ފަހަތުގައި ފުލުހަކު ބަހައްޓައިގެން ޑޮލަރުގެ މައްސަލައަށް ހައްލެއް އަތުވެދާނެ ބާވައެވެ. Continue reading

Posted in Business | Tagged , , , | Leave a comment